މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފި

މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފި
ލިޔުން:
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ވަޢުދަކީ ހަނދާން ނައްތާލާނެ ވަޢުދެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ނުދެވިވާ ފައިސާގެ އަދަދަކީ 16،220،000 (ސޯޅަ މިލިޔަން ދެ ލައްކަ ވިިހި ހާސް) ރުފިޔާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން މި ފައިސާ މިފްކޯއަށް މިއަދުގެ ވަގުތެއްގައި ޖަމާކޮށް މާދަމާ މަސްވެރިންނަށް މިފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރު ހަވާލުވިއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި ހުރިކަމަށެވެ. ނަމަވެސް ސަރުކާރުން އެ ބެކްލޮގް ކްލިއަރކޮށް މަސްވެރިން ބާނާ މަހަށް މިހާރު ޤަވާއިދުން ފައިސާ ދެމުންދާކަމަށާއި، ސަރުކާރުން ވަޢުދުވީ ގޮތަށް 48 ގަޑިއިރު މަސްވެރިންނަށް ފައިސާ ދިނުމަށްވީ ވަޢުދު ފުއްދަނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
