މާލެ: 31°C

ސިނގިރެޓް އެތެރެކުރި މައްސަލަ ބަލާ ކޮމިޓީ ސިއްރު

ސިނގިރެޓް އެތެރެކުރި މައްސަލަ ބަލާ ކޮމިޓީ ސިއްރު
October 30, 2024
2 ފަހަރު ބަލާފައި
ސިނގިރެޓް އެތެރެކުރި މައްސަލަ ބަލާ ކޮމިޓީ ސިއްރު
ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ކަމާ ބެހޭ ފަރާތްތައް ހާޒިރުކުރި  ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިދިޔަ އާދިއްތަ ދުވަހު ބުނީ 1.69 މިލިއަން ރުފިޔާގެ ސިނގިރެޓް އަތުލައިގެންފައި ވަނީ ހޯކްސް ޕްރައިވެޑް ލިމިޓެޑްގެ އެޖެންޓުގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރެޓު އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ބޯޓުން ހޯކްސްގެ ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެ ތަކެތި އަރުވައިގެން ކ. ތިލަފުއްޓަށް ގެންދިޔައިރު ތަކެތި އަތުލައިގެންފައި ވަނީ އެ ތަނުންނެވެ. އިއްޔެ ބޭއްވި މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން ވަނީ މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފަ އެވެ. މައްސަލައަކީ 241 ކޮމިޓީން ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކިގެން ބަލަން ޖެހޭ މައްސަލައެއްކަން ފާހަގަކޮށް، ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ