
މިނިވަން މުވައްސަސާތަކުގެ ރައީސުންނާއި ބައިބުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހެޅީ މުވައްސަސާތަކުން: ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރ ހަބީބު
މިނިވަން މުވައްސަސާތަކުގެ ރައީސުންނާއި ބައިބުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހެޅީ މުވައްސަސާތަކުން: ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރ ހަބީބު
ލިޔުން:
މިނިވަން މުވައްސަސާތަކުގެ ރައީސުންނާއި ނައިބް ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހެޅީ މުވައްސަސާތަކުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން ގެ މެންބަރ އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަން ގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް އެދި 2023 ވަނަ އަހަރު މިނިވަން މުއައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާއަށާއި، އެޓަރނީ ޖެނެރަލްއަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޕޭޕަރު އެކުލަވާލުމުގައި އޭސީސީ، އީސީ، ހިއުމަން ރައިޓްސް ކޮމިޝަން އަދި ސިވިލް ސަރވިސް ކޮމިޝަން ގެ މެންބަރުން ބައިވެރިވެފައިވާ ކަމަށެވެ.
ހަބީބު އެހެން ވިދާޅުވެފައިމިވަނީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
