އާރުޓީއެލް ގެ ޙިދުމަތް ހުއްޓާނުލައި ކުރިއަށް ގެންދެވޭނީ އަގުތައް ބޮޑުކޮށްގެން: މިނިސްޓަރ އަމީން

އާރުޓީއެލް ގެ ޙިދުމަތް ހުއްޓާނުލައި ކުރިއަށް ގެންދެވޭނީ އަގުތައް ބޮޑުކޮށްގެން: މިނިސްޓަރ އަމީން
ލިޔުން:
އާރްޓީއެލް ފެރީގެ ޙިދުމަތް ދެމެހެއްޓެނެވި ގޮތެެއްގައި ކުރިޔަށް ގެންދިޔުމަށްޓަކަައި ހިދުމަތުގެ އަގު ބޮޑުކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ އާރްޓީއެލް ހިދުމަތް މިހާރު ހުރި އަގުތަކުގައި ކުރިއަށްގެންދަނީ ސަރުކާރުން ވަރަށްބޮޑު ސަބްސިޑީ އެއް ދީގެން ކަމަށާއި އެގޮތަށް އެ ހިދުމަތް ދިގު މުއްދަތުގައި ކުރިއަށް ގެންދިއުމަކަކީ ދަތި ކަމެއްކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިހާރު އެހުރި އަގުތަކުގައި އެ ޚިދުމަތް ދިނުމަށްޓަކައި އާރޓީއެލް ޚިދުމަތް ފެށިއަހަރުވެސް ސަބްސިޑީގެ ގޮތުގައި 48 މިލިއަން ރުފިޔާ، މިދިޔަ އަހަރު 130 މިލިއަން ރުފިޔާ، އަދި މިއަހަރު 280 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަނީ ސަބްސިޑީ 50 އިންސަ ކުޑަކޮށްފައި ރިކަވަރީ 45 އިންސައްތަ އަށް ހެދުމަށް ކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ އެގޮތައް އެކަން ކޮށްގެންނޫނީ އެ ޙިދުމަތް ސަސްޓައިން ނުކުރެވޭނެ ކަމަށާއި އެހެންކަމުން އާރޓީއެލް އިން މިހާރު ނަގާ އަގުތައް ބަދަލުކުރަން މިހާރު އިކޮނޮމިކު ކައުންސިލަށް ހުށަހަޅާފައިވާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
