
މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުން ހުއްޓުވުމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުއްސަލާމް ދާއޫދު ސަރުކާރަށް ގޮވާލައިފ
މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުން ހުއްޓުވުމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުއްސަލާމް ދާއޫދު ސަރުކާރަށް ގޮވާލައިފ
ލިޔުން:
މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުން ހުއޓުުވުމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުއްސަލާމް ދާއޫދު ގޮވާލައިފިއެވެ.
އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން އެކްސް ގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ފަރާތުން މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ އަންހެން ކުއްޖަކު ބައިވެރިވާކަން ހާމަވުމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަބްދުއްސަލާމް ދާއޫދު ވިދާޅުވީ ރީތީގެ މުބާރާތްތަކުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އެތަކެއް ބައެއްގެ ކުރިމަތީގައި އަންހެނާގެ ހަށިގަނޑާއި އޭނަގެ ވަނާތައް ހާމަކުރުން ކަމަށާއި، ސައްތައިން ސައްތަ މުސްލިމް މުސްލިމު ގައުމެއްގެ ނަމުގައި އެފަދަ ކަންކަމުގައި ބައިވެރިވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމެއްކަމަށއި އަދި އެހެންކަމުން ދައުލަތުގެ ކަންކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކުން ވެސް، މާތް الله އަށް ބިރުވެތިވެ، އެކަންކަން ހުއްޓުވުމަށް ވަނީ ގޮވާލާފައެވެ.
ދާރިސް ޓީވީން އަލީ ރަމީޒް ހުށަހަޅައިދެމުން އަންނަ އިލްމީ ހަޒާނާ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޝެއިޚް އަބްދުއްސަލާމް އިތުރަށް ވިދާޅުވީ ބަރަހަނާވާންވެގެން، ތިމާގެ ގުނަވަންތައް ދައްކަންވެގެން ނުކުންނަ ނުތުމަކީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރެވޭ ލޯބިކުރެވުމަކަށް ވެގެންދާނެ ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި އަންހެނުން ބައިވެރި ކުރުވަން މަސައްކަތް ކުރާ ފަރާތްތަކުން އެ މަސައްކަތް ހުއްޓާލައި މާތް الله އަށް ބިރުވެތިވުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
މެކްސިކޯގައި ނޮވެންބަރު މަހުގެ 14 އިން 16 އަށް ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
