މިނިސްޓަރު އިހުސާން ވަނީ ‘ކުރީސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި. އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވަނީ. އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް. މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް މިއަދު ހުށަހަޅައިފިން. މި ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު.ރައްޔިތުންގެ މަޖިލީހުގައި އިއްޔެ މިނިސްޓަރ އިހުސާން ވަނީ ކުރީ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަނެގެން މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އޭސީސީ އަށާއަި ދިވެހި ފުލުހުންގެ ޙިދުމަތައް އެޑްރެސްކުރައްވައި ފައްޔާޒް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މިނިސްޓަރ އިހްސާނު އެ ވިދާލުވާ އެއްވެސް ކަމަކާ ގުޅޭ ތަހުގީގެއް އެމަނިކުފާނުގެ މައްޗަށް ހިނގަމުންދޭތޯ ސާފުކޮށްދިނުމަށާއި، އަދި އެފަދަ ތަހުގީގެއް ކުރިއަށްގެންދަން ފަަށާފައި ނުވާނަމަ މިނިސްޓަރ އެ ވިދާޅުވާ ފަދަ ކަމެއް އެމަނިކުފާނު ކޮށްފައިވޭތޯ ބެލުމަށް ތަހުގީގުކޮށްދެއްވައި އެކަމުގެ އެއްމެ ފުނަށް ފިަނައި އެކަމުގައި އެމަނިކުފާނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވައި ހަގީގަތް ހާމަ ކޮށްދެއްވުމަށެވެ.
ފައްޔާޒްގެ ރައްދު މިނިސްޓަރ އިހްސާނަށް: އަޅުގަނޑުގެ މައްސަލަ ބަލައިދިނުމަށް އަޅުގަނޑު ހުށަހަޅައިފިން ދެން އެވާހަކަ ދައްކަވަންވާނީ ޒިންމާ އަދާކުރެއްވުމަށް ފަހު

ފައްޔާޒްގެ ރައްދު މިނިސްޓަރ އިހްސާނަށް: އަޅުގަނޑުގެ މައްސަލަ ބަލައިދިނުމަށް އަޅުގަނޑު ހުށަހަޅައިފިން ދެން އެވާހަކަ ދައްކަވަންވާނީ ޒިންމާ އަދާކުރެއްވުމަށް ފަހު
ލިޔުން:
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތުހުމަތުކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި އެފަދަ ކަމެއް އެމަނިކުފާނު ކުރައްވާފައިވޭތޯ ބައްލަވައިދެއްވުމަށް ދިވެހި ފުލުހުންގެ ޙިދުމަތަށާއި އެންޓިކަރަޕްޝަން ކޮމިޝަނަށް ފައްޔާޒު އިސްމާއިލް ސިޓީއެއް ފޮނުވައިފިއެވެ.
ފައްޔާޒް އިސްމާއިލް އެ ދެ މުވައްސަސާއަށް ފޮނުވި ސިޓީތައް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ޕޯސްޓްކުރައްވައި ވިދާޅުވެފައިވަނީ ތަހުގީގީ އިދާރާއެއްގެ އެއްމެ އިސް ވެރިއަކަށް ހުންނަވައި އެމަނިކުފާނުގެ މައްޗަށް އެއްވެސް ތަހުގީގެއް ނުހިންގަވައި މިނިސްޓަރ އަލީ އިހްސާނު އެކި ޕްލެޓްފޯމު ތަކުގައި އެމަނިކުފާނަށް ތުހުމަތު ދޮގު މައުލޫމާތު ދެއްވަމުން ގެންދަވާކަމަށާއި އެހެންކަމުން އެކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ހޯދުމަށްޓަކައި ތަހުގީގީ އިދާރާތަކަށް އެކަން ހިނގާފައިވޭތޯ ބަލައިދިނުމަށް މިއަދު އެދިފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
