މާލެ: 31°C

ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން މާލެ ސަރަޙައްދުގައި ޓެކްސީގެ ހިދުމަތް ފަށާނެ: މިނިސްޓަރ އަމީން

ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން މާލެ ސަރަޙައްދުގައި ޓެކްސީގެ ހިދުމަތް ފަށާނެ: މިނިސްޓަރ އަމީން
October 29, 2024
2 ފަހަރު ބަލާފައި
ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން މާލެ ސަރަޙައްދުގައި ޓެކްސީގެ ހިދުމަތް ފަށާނެ: މިނިސްޓަރ އަމީން
މާލެ ސަރަޙައްދުގައި ޓެކްސީގެ ޙިދުމަތް ދިނުމަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ޚަވާލުކުރްނަ ނިންމާފައިވާކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަޙައްދުގައި ޓެކްސީ ލައިން އެއްގެ ހިދުމަތްދިނުމަށް ސަރުކާރުގެ ކުންފުންޏަކާ ޚަވާލުކުރުމަށް ނިންމާފައިވާކަމަށާއި، އެގޮތުން އެ ޚިދުމަތް ދިނުމަށް ޚަވާލުކުރާ ކުންފުނި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ. އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޒަމާނަށް ފެތޭ ޓެކްސީ ލައިނެއްގެ ހިދުމަތް މާލެ ސަރަހައްދުގައި ފެށުމަކީ މާލޭގެ މަގުތަކުގައި އޮތް ތޮއްޖެހުން ކުޑަކޮށް ޓްރެފިކް އަށް ލުޔެއް ހޯދައި ދިނުމަށް ފަށާފައިވާ "މާލެ ފަހި" ޕްރޮގްރާމްގައި ހިމެނޭ ބައެއް ކަމަށެވެ. އެގޮތުން ޓެކްސީ ލައިންގެ ހިދުމަތްވެސް ކުރިއަށް ގެންދަން ރާވާފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި އެ އެގޮތުން  އެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ޑްރައިވަރުންގެ ތެރެއިން 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން މަސައްކަތް ކުރާނީ ފުލްޓްއިމް މުވައްޒަފުންގެ ގޮތުގައި ކަމަށާއި އަނެއް 50 ޕަސެންޓް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޕާޓް ޓައިމްކޮސް އެމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށްކަމަށާއި، ޓެކްސީ ލައިންގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އިތުރަށް މިނިސްޓަރ އަމީން ވިދާޅުވީ ޓެކްސީ ލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސާރަ ކަނޑައަޅަން ހަމަޖެހިފައިވަނީ ހަފްތާ މުސާރަ ކަމަށާއި އެގޮތުން 7 ދުވަހުން މުސާރަ ދެމުންގެންދަވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ