ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ!
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ!
ލިޔުން:
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރުވާ)އަށް ޒަޔަނިސްޓު އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ ކުރަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ޣައްޒާގައި ހާލުގައި ޖައްސައި ނިކަމެތިކޮށްލާފައިވާ 2.3 މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ މި ނިންމުން ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމުން ހުޅަނގުގެ ބައެއް ގައުމުތަކަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޯފެނާއި ކާބޯތަކެއްޗާއި އަސާސީ ބޭސްފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތަކަށާއި އެމީހުންގެ ހާލަތު ދުވަހުން ދުވަހަށް ދެނެގަތުމުގެ މަސައްކަތަށް ހުރަސްއެޅިގެން ދާނެތީއެވެ.
އިސްރާއީލުގައި ހަރަކާތްތެރިވުން އުންރުވާއަށް މަނާކުރަން ފާސްކޮށްފައި މި ވަނީ, ޣައްޒާގެ އުތުރުގެ ރަށްތައް ވަށައިލައި, ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ޤަތުލުޢާންމެއް ހިންގަމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން އެންމެ ނުރައްކާތެރި ޙަމަލާތަކެއް މި ވަގުތު ދެމުން ދަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނަށެވެ. އެ ސަރަޙައްދުގައި 100,000އަކަށްވުރެ ގިނަ މީހުން ތާށިވެފައި އެބަތިއްބެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
