
އެއާޕޯޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑުކުރަން ކޮމިޓީން ރުހުންދީފި
އެއާޕޯޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑުކުރަން ކޮމިޓީން ރުހުންދީފި
ލިޔުން:
އެއާޕޯޓް ޓެކްސް އާއި ފީ އަދި ގްރީން ޓެކްސްގެ ރޭޓްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އާއި އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި ދެ ޓެކްސް ބޮޑުކުރުމުގެ ބިލްތައް މަޖިލީހުގެ ކޮމިޓީއަށް އެންމެ ފުރަތަމަ ހުށަހެޅުނީ އޮކްޓޫބަރު 16 ގަ އެވެ. އަދި އޮކްޓޫބަރު 23 ގައި މި ބިލްތައް ރިވިއު ކުރުމަށް ސަބް ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ.
ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު ސަރުކާރުން ދަނީ މިހާރު ގްރީން ޓެކްސްގެ ރޭޓް ދެގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އިސްލާހުގެ ދަށުން، މިހާރު ފަތުރުވެރިއަކަށް ދުވާލަކު 3.00 ޑޮލަރުގެ ގްރީން ޓެކްސް ނަގަމުންދާއިރު، އެ އަދަދު 6.00 ޑޮލަރަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ހުރިހާ ޓޫރިސްޓް ޕްރޮޕަޓީތަކުން ގްރީން ޓެކްސް 6.00 ޑޮލަރުން 12.00 ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން އެވެ. މި އިސްލާހު ވަނީ 13 މެމްބަރުންގެ ވޯޓުން ފާސްވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
