
އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވިފަހުން ހުށަހެޅުމުން ޖިހާދުގެ މައްސަލަ ހައިކޯޓުން ބޭރު
އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވިފަހުން ހުށަހެޅުމުން ޖިހާދުގެ މައްސަލަ ހައިކޯޓުން ބޭރު
ލިޔުން:
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލި މައްސަލަ ހައި ކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމުންވެސް މައްސަލަ ބޭރުކޮށްލައިފި އެވެ.
ޖިހާދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ އުފުލާފައިވަނީ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ. މި މައްސަލައިގައި ޖިހާދުގެ މައްޗަށް އުފުލާފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ ދައުލަތުން އިސްތިއުނާފުކުރި ނަމަވެސް ޖިހާދުގެ އެޑްރެސް ސާފު ނުވާތީ ކޯޓަށް ހާޒިރު ނުކުރެވުމުން އެ މައްސަލަ ވަނީ ހައި ކޯޓުން އޭރު ބޭރުކޮށްލާފަ އެވެ. އެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީ އޮފީހަށް ހައި ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ މައްސަލަ ހުށަހަޅަން ދިން 15 ދުވަހުގެ މުއްދަތުގެ 2 ދުވަސް ފަހުން މައްސަލަ ހުށަހެޅުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
