ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަދި އޭގެ ފަހުން އެ މައްސަލައަށް ބަހުސްކޮށް ކޮމިޓީއަށް ފޮނުވުމަށް ފަހު މިއަދު ކޮމިޓީން އެ ބަޖެޓު ފާސްކުރީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނެނީ:
- ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ