މާލެ: 31°C

ބަޖެޓްގައި ކަނޑައަޅާފައިވަނީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާގެ 20 ޕަސެންޓަށްވުރެ ކުޑަ އަދަދެއް

ބަޖެޓްގައި ކަނޑައަޅާފައިވަނީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާގެ 20 ޕަސެންޓަށްވުރެ ކުޑަ އަދަދެއް
October 28, 2024
2 ފަހަރު ބަލާފައި
ބަޖެޓްގައި ކަނޑައަޅާފައިވަނީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާގެ 20 ޕަސެންޓަށްވުރެ ކުޑަ އަދަދެއް
މިއަހަރު ދައުލަތުގެ ބަޖެޓުން ހިންގުމަށް ކަނޑައަޅާފައި 322 މަޝްރޫއަށް ފައިސާ ކަނޑައަޅާފައިވަނީ އެ ޕްރޮޖެކްޓްތަައްް ހިންގުމަށް ބޭނުންވާ ފައިސާގެ ތެރެއިން 20 ޕަސެންޓަށްވުރެ ކުޑަ އަދަދެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް (ފޮޓޯ) ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، 39 ބިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގުމަށް ކުރީ ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ އެންމެ 3.6 ބިލިޔަން ރުފިޔާކަމަށެވެ. އަދި މީގެ ތެރެއިން ބޮޑު ބަޔަކީ ތިލަމާލޭ ބްރިޖާއި، އައްޑޫ ސިޓީގެ މަގުތައް ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ޚަރަދުކުރުމަށް ކަނޑައަޅާފައި ހުރި ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ މި ހުރިހާ މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ފައިސާގެ ބައިކުޅަ ބައި ނުވަތަ %15 އާއި %20 އާ ދެމެދުގެ އަދަދެއްކަމަށެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު އެކި މަރުހަލާތަކުގައި ކުރިއަށްދާ 242 މަޝްރޫޢުއަކާއި އަލަށް ސޮއިކޮށްފައިވާ 80 މަޝްރޫޢެއް ހިމެނޭހެން ކުރިއަށްދާ މަޝްރޫޢުތަކުގެ ޖުމްލަ ޢަދަދު 322 އަށް އަރާ ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 39 ބިލިޔަން ރުފިޔާއަށް އަރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ މީގެތެރެއިން ހިނގަމުންދާ މަޝްރޫޢުތަކުގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

ހިނގަމުންދާ މަޝްރޫޢުތަކުގެ ތަފްޞީލު:

  1.  އެއަރޕޯޓް ތަރައްޤީކުރުން: 9 މަޝްރޫޢެއް
  2.  ބްރިޖު: 1 މަޝްރޫޢު
  3.  ބިން ހިއްކުން: 29 މަޝްރޫޢު
  4. މަގު ހެދުން: 42 މަޝްރޫޢު
  5. ގޮނޑުދޮށް ޙިމާޔަތްކުރުން: 44 މަޝްރޫޢު
  6. ފެނާއި ނަރުދަމާ: 102 މަޝްރޫޢު
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ