މާލެ: 31°C

ސަފީރުކަމަށް އައްޔަންކުރަން އަޒީމާއަށް މަޖިލީހުން ރުހުން ދީފި

ސަފީރުކަމަށް އައްޔަންކުރަން އަޒީމާއަށް މަޖިލީހުން ރުހުން ދީފި
October 28, 2024
2 ފަހަރު ބަލާފައި
ސަފީރުކަމަށް އައްޔަންކުރަން އަޒީމާއަށް މަޖިލީހުން ރުހުން ދީފި

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކަށް އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓާ އެއްގޮތަށް، އޭނާ ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.

އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާކުރައްވައިފަ އެވެ. މިހާރު އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.

އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ، އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ