
60 ޕޮލިސް ސްޓޭޝަން އަޅަން ހަވާލުކުރި ކުންފުނިން އެއްވެސް މަސައްކަތެއް ނުކޮށް، ބިގުގެ ހިއްސާ ގަނެ މާލެއިން ގެއެއް ހަދައި ނިންމަނީ!
60 ޕޮލިސް ސްޓޭޝަން އަޅަން ހަވާލުކުރި ކުންފުނިން އެއްވެސް މަސައްކަތެއް ނުކޮށް، ބިގުގެ ހިއްސާ ގަނެ މާލެއިން ގެއެއް ހަދައި ނިންމަނީ!
ލިޔުން:
ކުރީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި އެހެންނަމަވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ އެކުންފުނިން ގަނެ މާލޭގެ ގެއެއް ހަދަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހްސާން ވިދާޅުވިގޮތުގައި އެމަޝްރޫޢުގެ ދަށުން 60 ޕޮލިސް ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވާކަން ލިއެކިއުންތަކުން ސާފުވާ ކަމަށާއި އެއީ 60 މިލިއަންގެ ޕްރޮޖެކްޓެކެވެ.
މަޝްރޫއު ހަވާލުވުމަށްފަހު ކުންފުނިން ދިވެހި ސަރުކާރުގައި ފުރަތަމަ އެދިފައިވަނީ މަޝްރޫއުގެ 15% ފައިސާ ދިނުމަށް ކަމަށާއި އެގޮތުގެ މަތިން އޭރުގެ ސަރުކާރުން 3.6 މިލިއަން ޑޮލަރު އެކުންފުންޏަށް ދީފައިވެވެ.
"އެހެންނަމަވެސް އަދި އަދާ ހަމައަށް އައިއިރު، އަޅުގަނޑުމެންނަށް ފިޒިކަލީ އެ ކުންފުނިން އެ ލާރިއަށް ކުރި ކަމެއްގެ ތަފްސީލެއް ނުދޭ، އަޅުގަނޑުމެންގެ އެއް ބައްދަލުވުމުގައި އެ ލާރި ހުރިކަމަށް ބުނެފައި އެބޮތް. އެހެންނަމަވެސް ފިޒިކަލީ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގައި." މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އެ ކުންފުނިން ރާއްޖޭގައި ދެން ކުރަނީ ކޮން ކަމެއްތޯ ބެލިއިރު ބިގް ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން މާލޭގައި މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގޮސް ނިމެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިގް ކުންފުންޏަކީ ފައްޔާޒްގެ އާއިލީ ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފައްޔާޒް މިނިސްޓަރު ކަމާ ހަމައަށް ވަޑައިގަތުމާ ހަމައަށް ބިގްގައި ފައްޔާޒްގެ ހިއްސާވެސް އޮވެ އެވެ. މޫނިމާގެއަކީ ބިގް ކުންފުނިން ބީއެމްއެލްއިން ނަގާފައިވާ ލޯނެއް ނުދެއްކުމުން ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވާ ގެއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
