
އިލެކްޝަންސް ކޮމިޝަނާއި އޭސީސީގެ ރައިސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަކީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކުރުން: އަބްދުﷲ ޝާހިދު
އިލެކްޝަންސް ކޮމިޝަނާއި އޭސީސީގެ ރައިސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަކީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކުރުން: އަބްދުﷲ ޝާހިދު
ލިޔުން:
އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބް ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަކީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކުރުން ކަމަށް އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިލެކްޝްސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އައްޔަނުކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރު ލިބިދޭގޮތަށް އެ 2 މުވައްސަސާގެ ގާނުނާނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 2008 ގައި ޢަމަލުކުރަންފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދްމުޚްތާރުވެރިކަމެއް މިރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ ކަމަށާއި އެހެންކަމުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަން ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު އެވެ.
އެ 2 މުވައްސަސާގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަންތަކުގެ ރައީސުންނާ ނައިބްރައީސުން އެ ކޮމިޝަނުގެ މެންބަރުންގެ ވޯޓުން ހޮވުމުގެ ބަދަލުގައި އެ ކޮމިޝަން ތަކުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސް ކަމަށާއި ނައިބް ރައީސްކަމަށް އައްޔަނުކުރަން ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
