
ހޯކްސްއިން ބުނީ އެކުންފުނީގެ ބޯޓެއްގައި ވަގަށް ސިނގިރެޓް އެތެރެކުރުމަކީ ބަޔަކު ހިންގި ޖަރީމާއެއް ކަމަށް
ހޯކްސްއިން ބުނީ އެކުންފުނީގެ ބޯޓެއްގައި ވަގަށް ސިނގިރެޓް އެތެރެކުރުމަކީ ބަޔަކު ހިންގި ޖަރީމާއެއް ކަމަށް
ލިޔުން:
ތެލުގެ ވިޔަފާރީގައި މަޝްހޫރު ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓަކުން ވަގަށް ސިނގިރެޓް އެތެރެކުރުމަކީ އެކުންފުނީގެ ބައެއް މުވައްޒަފުން ބޭރު ބަޔަކާ ގުޅިގެން ހިންގާފައިވާ ގާނޫނާ ޚިލާފު ޖަރީމާއެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރާ އެކުންފުނީގެ ބޯޓަކުން އެއް މިލިއަން ސިނގިރެޓް ސްޓިކްސް ކަސްޓަމްސްއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އަތުލައިގެންފައެވެ. އެސިނގިރެޓް ކަސްޓަމްސްއިން ހިފެހެއްޓީ ޓިޝޫގެ ނަމުގައި ޑިކްލެއަކޮށްގެން ވަގަށް އެތެރެކުރަން މަސައްކަތްކުރަނިކޮށެވެ.
އެކަމާ ގުޅިގެން ހޯކްސްއިން ބުނީ އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެމައްސަލަ ތަހުގީގުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
