
ގެދޮރުވެރިޔާ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުން އަންނަމަހުގެ 2 ވަނަ ހަފްތާއަށް ފަސްކޮށްފި
ގެދޮރުވެރިޔާ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުން އަންނަމަހުގެ 2 ވަނަ ހަފްތާއަށް ފަސްކޮށްފި
ލިޔުން:
ގެދޮރުވެރިޔާ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުން އަންނަމަހުގެ 2 ވަނަ ހަފްތާއަށް ފަސްކޮށްފިއެވެ.
އެކަން ބަޔާންކޮށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އަލުން އިވެލުއޭޓް ކުރަން ފަށާފައިވާތީ، އެމަސްއަކަތް ފުރިހަމައަށް ނިންމުމަށް މިނިިސްޓަރީއަށް އިތުރު ވަގުތު ބޭނުންވާތީ އަންނަ ނޮވެންބަރ މަހުގެ 2 ވަނަ ހަފްތާއަށް ލިސްޓް އާއްމުކުރުން ފަސްކޮށްފައިވާ ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އަލުން އިވެލުއޭޓް ކުރަން ފަށާފައިވަނީ އާއްމު ފަރާތްތަކުން އެންޓިކަރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެންޓިކަރަޕްޝަން ކޮމިޝަނުން އެ މައްސަލަތައް ބަލަމުންގެންދާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮމްސަލްޓެޓިވް ކޮމެޓީ" އަށްވެސް ކުރިން ނެރެފައިވާ ދާއިމީ ލިސްޓް ނެރެފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
