މާލެ: 31°C

އިލެކްޝަންސް ކޮމިޝަނާއި އެންޓި ކަރަޕްޝަން ކޮމިޝަނުގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ ލިބިދޭ ގޮތައް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނާއި އެންޓި ކަރަޕްޝަން ކޮމިޝަނުގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ ލިބިދޭ ގޮތައް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި
October 28, 2024
2 ފަހަރު ބަލާފައި
އިލެކްޝަންސް ކޮމިޝަނާއި އެންޓި ކަރަޕްޝަން ކޮމިޝަނުގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ ލިބިދޭ ގޮތައް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި
މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް އިސްލާހުގެންނަން މަޖިލީހަށް ހުށަހަޅައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަން ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު އެވެ. އެ 2 މުވައްސަސާގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަންތަކުގެ ރައީސުންނާ ނައިބްރައީސުން އެ ކޮމިޝަނުގެ މެންބަރުންގެ ވޯޓުން ހޮވުމުގެ ބަދަލުގައި އެ ކޮމިޝަން ތަކުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސް ކަމަށާއި ނައިބް ރައީސްކަމަށް އައްޔަނުކުރަން ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އެ މަގާމުތަކަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމުން އެ މަގާމަށް އެފަރާތެއް އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުންނެވެ. އަދި އެ އިސްލާހުގައިވާގޮތުން އެމަގާމުގައި ހުންނަ ފަރާތެއް އިސްތިއުފާ ދެއްވުމަށްވެސް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެ 2 ގާނޫނަށް ގެނެވޭ އިސްލާހު ފާސްވިނަމަވެސް މިހާރު އެ 2 މުވައްސަސާގައި ތިއްބެވި ތރައީސުންނާ ނައިބްރައީސުންގެ ދައުރު ހަމަވަންދެން މަގާމުގައި ދެމިތިއްބަވާނެކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ 2 ބިލުގެ ފުރަމަކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ