އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވާ އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެކުރިން ޔާމީންގެ މައްޗަށް އިއްވި 11 އަަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރިވިއުކުރުމަށް އެދިފައިވާ މައްސަލަތަކުގެ ތެރޭގައި ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ މައްސަލަތައް ހިމެނެ އެވެ.
މައްސަލަތައް ރިވިއުކޮށްދޭން އެދި ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޖުމްލަ 539 މައްސަލައެއް ޕީޖީ އޮފީހަށް ހުށަހެޅި އެވެ. އެެހެންނަމަވެސް އެކަމާ މެދު ވަކި ގޮތެއް އެ އޮފީހުން އަދި ނިންމާފައެެއް ނުވެ އެވެ.







