
ކުރީގެ ޕީޖީގެ 539 ނިންމެވުމެއް މުރާޖަޢާ ކޮށްދިނުމަށް ހުށަހަޅާފައިވޭ: ފީޖީ އޮފީސް
ކުރީގެ ޕީޖީގެ 539 ނިންމެވުމެއް މުރާޖަޢާ ކޮށްދިނުމަށް ހުށަހަޅާފައިވޭ: ފީޖީ އޮފީސް
ލިޔުން:
ޕްރޮސެކިއުޓާ ޖެނެރަލް ގެ މަގާމުގައި ކުރިން ހުންނެވި ހުސައިިން ޝަމީމު ނިންމަވާފައިވާ ނިންމެވުންތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 539 މައްސަލަ ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ކުރީގެ ޕްރޮސިކިއުޓަރޖެނެރަލް ނިންމަވާފައިވާ ނިންމުންތަކާ ގުޅޭގޮތުން އެނިންމުންތައް މުރާޖަޢާ ކޮށްދިނުމަށް އެދުމުގެ ފުރުސަތު އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 20 ގެ ނިއަލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހުޅުވާލާފައެވެ.
ޝަކުވާ ހުށަހެޅުމަށް ދެއްވި މުއްދަތު ހަމަވި އިރު ޖުމްލަ 539 ޝަކުވާ އެ އޮފީހަށް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ. މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޒް އައްބާސް ޝަރީފް ވިދާޅުވެފައިވަނީ މުރާޖަޢާ ކުރުމަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށާއި، އެ ކޮމެޓީން ނިންމާ ކޮންމެ ނިންމުމަކީ އެ ނިންމުން ނިންމި ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭނެ ނިންމުމެއް ކަމަށާއި އަމިއްލަފުޅަށް އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.
ފިޖީ އޮފީހުން މިހާރު ގެންދަނީ ހުށަހެޅިފައިވާ ޝަކުވާތައް މުރާޖަޢާ ކުރުމުގެ މަސައްކަތް ފަށާފައިކަމަށާއި، އެގޮތުން ކޮމެޓީގެ ކޯޓަށް ޕީޖީގެ ފަރާތުން ހުށަހަޅައިގެން ކުރިއަށް ދާ މައްސަލަތަކާއިގުޅިގެން ބަންދުކޮށްްފައިވާ މީހުންގެ ބަންދާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާމެދު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ގޮތެއް ނިންމައި އެކަމުގައި ޕީޖީއަށް ލަފާއަރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
