
ސައިންސް އާއި ހިސާބު މާއްދާގެ ޓީ.އޯ.ޓީގެ ދެވަނަ ބުރު ނިންމާލައިފި؛ 198 ޓްރެއިނަރުން ތަމްރީނުވި
ސައިންސް އާއި ހިސާބު މާއްދާގެ ޓީ.އޯ.ޓީގެ ދެވަނަ ބުރު ނިންމާލައިފި؛ 198 ޓްރެއިނަރުން ތަމްރީނުވި
ލިޔުން:
ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސައިންސާއި ހިސާބު މާއްދާއަށް ހާއްސަކޮށްގެން ބޭއްވި "ޓްރެއިނިންގ އޮފް ޓްރެއިނަރސް" މަސައްކަތު ބައްދަލުވުމުގެ ދެވަނަ ބުރު ނިންމާލައިފިއެވެ.
ދެ ބުރަކަށް ބަހާލައިގެން ބޭއްވި މި ޓީއޯޓީގައި މާލެއާ އަތޮޅުތެރޭގެ 198 ސްކޫލަކުން ޖުމްލަ 198 ޓްރެއިނަރުން ވަނީ ތަމްރީނުވެފައެވެ. އެއީ ސައިންސް މާއްދާއަށް 97 ޓްރެއިނަރުންނާއި ހިސާބު މާއްދާއަށް 101 ޓްރެއިނަރުންނެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކީސްޓޭޖް 3 އަދި 4ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، މިމާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އަދި ހާއްސަކޮށް އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްގީކުރުމެވެ.
މި ތަމްރީނު ފުރިހަމަކުރެއްވި މުދައްރިސުން، އެ ބޭފުޅުން މަސައްކަތްކުރައްވާ ސްކޫލުތަކާއި އަތޮޅުގެ އެހެނިހެން ސްކޫލުތަކުގައި މި މާއްދާތައް ކިޔަވައިދެއްވާ އެހެން މުދައްރިސުންނަށް މި ތަމްރީނު ފޯރުކޮށްދެއްވުމަށްޓަކައި ސެޝަންތައް ކުރިއަށްގެންދަވާނެއެވެ.
ޓީއޯޓީގެ ދެވަނަ ބުރަށް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
