
ކުށްތަކަށް އަރައިގަންނަ ކުދިންނާ ގުޅޭ ކޮންފަރެންސެއް ބާއްވައިފި
ކުށްތަކަށް އަރައިގަންނަ ކުދިންނާ ގުޅޭ ކޮންފަރެންސެއް ބާއްވައިފި
ލިޔުން:
”ކޮންފަރެންސް އޮން އެޑްރެސިންގ ޔޫތު އެންޑް ސަޕޯޓިންގ އެޓް-ރިސްކް ޗިލްޑްރަން އިން އއ. އެޓޯލް" މި ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.
މިމަހުގެ 23 އަދި 24ގައި އުކުޅަހުގައި މި ކޮންފަރެންސް ބާއްވާފައިވަނި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.
މި ކޮންފަރެންސްގައި، އަތޮޅުގައި ކުށްކުރާ ކުޑަކުދިން އަދި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ހާލަތު، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ކުދިންގެ ހާލަތު، ގެވެށި އަނިޔާގެ މައްސަލަތައް، ބްލެކްމެއިލް ކުރުން އަދި ބުލީކުރުމުގެ މައްސަލަ އޮތް މިންވަރާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެކްޝަންޕްލޭނެއްގެ ޑްރާފްޓު އެކުލަވައިލާފައިވެއެވެ.
މި ކޮންފަރެންސްގައި، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް އަދި ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނާއި އެހެނިހެން ފުލުހުންގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) އަތޮޅު ކޮމާންޑަރުންނާއި، އއ. އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ އިންޗާޖުންނާއި ޔުނިސެފްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
