މާލެ: 31°C

ޝުޖޫނަށް ޝަރަފުވެރި މަގާމެއް

ޝުޖޫނަށް ޝަރަފުވެރި މަގާމެއް
October 27, 2024
2 ފަހަރު ބަލާފައި
ޝުޖޫނަށް ޝަރަފުވެރި މަގާމެއް
އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ، އެސްޕީޓީގެ 4 ވަނަ ދައުރަކަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އިންތިޚާބް ވެއްޖެއެވެ. އެސްޕީޓީގެ 2025-2028 މުއަދަތުގެ ދައުރަށްވެސް ފަނޑިޔާރު ޝުޖޫން އިންތިޚާބުކުރައްވާފައިވާއިރު، ފުރަތަމަ އެ ކޮމިޓީއަށް އެކަމަނާ އިންތިޚާބުވެވަޑައިގެންނެވީ 2010 ވަނަ އަހަރުއެވެ. ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި އިންތިޚާބުގައި، ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ، އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. މި އިންތިޚާބު ފަނޑިޔާރު ޝުޖޫން ކާމިޔާބު ކުރެއްވމި ކޮމިޓީގެ 12 ގޮނޑިއަށްކުރިމަތިލެއްވި 14 ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ. ޝުޖޫން ވަނީ 2021 އިން 2024 އަށް އެސްޕީޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާއި ދެމެދު ޖެހިޖެހިގެން އެ ކޮމިޓީގައި 2 ދައުރު އަދާކުރައްވާފައެވެ. އެސްޕީޓީގެ މެންބަރުކަމުގައި ހުންނެވި ތިން ދައުރުގެ ތެރޭގައި ޝުޖޫން ވަނީ ވައިސް-ޗެއަރ އޮފް ޖުރިސްޕްރޫޑެންސްގެ މަޤާމުގެ އިތުރުން އެސްޕީޓީ ގެ ރެޕަޓުއަރކަންވެސް ކުރައްވާފައިވެއެވެ. ފަނޑިޔާރު ޝުޖޫންއަކީ މަދަނީ ޖަމުއިއްޔާތަކުގައާއި ޝަރުއީ ދާއިރާގައި، ހާއްސަކޮށް އިންސާނީ ޙައްގުތައް ހިމާޔަތްކުރުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ