މާލެ: 31°C

ޑޮމައިން ނަންބަރު ދޫކުރަން ނޮވެމްބަރު މަހު ފަށަނީ

ޑޮމައިން ނަންބަރު ދޫކުރަން ނޮވެމްބަރު މަހު ފަށަނީ
October 26, 2024
2 ފަހަރު ބަލާފައި
ޑޮމައިން ނަންބަރު ދޫކުރަން ނޮވެމްބަރު މަހު ފަށަނީ
އެއްގަމު އުޅަނދު ތަކަށް ޑޮމައިން ނަންމަބރ ދޫކުރަން އަންނަ ނޮވެމްބަރު މަހު ފަށާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ. ޑޮމައިން ނަންބަރު ދޫކުރުން ހުއްޓާލާފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. އޭރު އެކަން ހުއްޓާލާފައިވަނި ޑިމައިން ނަންބަރުތައް ދޫކުރުމުގައި ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ޑޮމައިން ނަންބަރ ދޫކުރާ ފަރާތުން އެ ނަންބަރ އެހެން ފަރާތްތަކަށް ވިއްކުމާ ބަދަލުކުރުމާ ގުޅޭގޮތުން ކުރިމަތިވި މައްސަލަތަކަކާ ގުޅިގެންނެވެ. މިއަދު ޓްރާންސްޕޯރޓް މިނިސްޓަރީން ކޮސްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވަނީ ކުރީ ސަރުކާރުން ޑޮމައިން ނަންބަރ ދޫކުރުން ހުއްޓާލާފައި އޮތުމަށްފަހު މި ސަރުކާރުން ވތިވެ ދިޔަ 10 މަސްދުވަހުގެ ތެރޭގައި ޑޮމައިން ނަންބަރ ދޫކުރުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތްއް ހައްލުކޮށް އެކަމަށްޓަޓަކައި ހަރުދަނާ އޮނިގަނޑެއް މިހާރު ގާއިމްކުރެވިފައިވާކަމަށެވެ. އަދި އެ އިޢުލާނުގައި ބުނެފައިވަނީ ޑްމައިން ނަންބަރު ގަތުމާ ބަދަލުކުރުމަކީ ޒުވާމނުންގެ މެދުގައި މަގުބޫލު ކަމަކަށްވާތީ، ޑްމައިން ނަންބަރު ދޫކުރުމާ އެއާގުޅޭ އެއްމެ ހާ މުއާމަލާތްތައް ކުރުމަށް ސެކިއުރިޓީ ފީޗާސް ތަކާއެކު މިހާރު އެކުލަވާލެވިފައި ހަރުދަނާ އޮނިގަނޑުގެ ދަށުން އަންނަ ނޮވެންބަރު މަހުން ފެށިގެން ޑޮމައިން ނަންބަރު ދޫކުރުމާ ޑޮމައިން ނަންބަރާ ގުޅޭ އެއްމެހާ ޙިދުމަތްތައް އަލުން ދޭންފަށަން ހަމަޖެހިފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ