އައިލެންޑް އޭވިއޭޝަން ސާވިސަސް ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުއްޓައި އެ ވަޒީފާއިން ވަކިކޮށްފައިވާ މ. ޏަމްޏަމްގެ އައިޝަތު ޖެނިފާ އަށް އެމަގާމް އަނބުރައި ދިނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަގާމަށް އައްޔަނުކޮށްފައިވާ ޖެނީފާއަށް އެ މަގާމުން ވަކިކޮށްފައިވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 28 ޑިސެމްބަރު 2023 ގައި ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ޖެނިފާ ވަޒީފާއިން ވަކިކުރަން ނިންމައި، 3 ޖެނުއަރީ 2024 ގައިވަނީ އޭނާ ވަޒީފާއީން ވަކިކޮށްފަ އެވެ. ގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާ އެކު، ވަޒީފާއިން ވަކި ކުރަން ބޯޑުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކުރިކަން އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތުގައި، ވަޒިފާގައި ދެމިހުރި ނަމަ ލިބޭނެ އެންމެހައި މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތަކާއި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުން ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ އާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ގާނޫނީ ވަކީލުން އައްޔަން ކުރުމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި ކުރިއަށް ގެންދިއުމަށް ހިނގާފައިވާ ހަރަދުތަކަކީ އައިލެންޑް އޭވިއޭޝަނުން ޒިންމާވާން ޖެހޭ ހަރަދުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޖެނީފާގެ ފަރާތުން ޓްރައިބިއުނަލް ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައާއި ގުޅިގެން ޓްރައިބިއުނަލް އިން ނިންމާފައިވަނީ ޖެނީފާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބުރަވެވޭތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ވަޒީފާއިން ވަކިކުރި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ 57،171 ރުފިޔާގެ ނިސްބަތުން އެއް މަސް ދުވަހަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ހުރިހާ ކަމެއް ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.އައިލެންޑް އޭވިއަޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމު ވަކިކުރި ޖެނީފާ އަށް އެމަގާމު އަނބުރައި ދިނުމަށް ޓްރައިބިއުނަލުން އަންގައިފި

އައިލެންޑް އޭވިއަޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމު ވަކިކުރި ޖެނީފާ އަށް އެމަގާމު އަނބުރައި ދިނުމަށް ޓްރައިބިއުނަލުން އަންގައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
