
ޔަހޫދީން އިރާނަށް ހަމަލާ ދިނުމުން ސައުދީން ނުރުހިއްޖެ
ޔަހޫދީން އިރާނަށް ހަމަލާ ދިނުމުން ސައުދީން ނުރުހިއްޖެ
ލިޔުން:
އީރާންގެ އަސްކަރީ މަރުކަޒުތަކަށް ދީފައިވާ ޙަމަލަ ސަޢޫދީ ޢަރަބިއްޔާއިން ކުށްވެރިކޮށްފިއެވެ.
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ ގާނޫނާއި ހަމަތަކާ ޚިލާފް އުދުވާނެއް ކަމަށް ސައޫދީ އަރަބިއްޔާގެ ރަސްމީ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ އަމަލަކީ އީރާނުގެ އިސްތިގްލާލާއި ސިޔާދަތަށް އަރައިގަތުން ކަމަށްވެސް ސިފަކޮށްފައި ވެއެވެ.
ސައޫދީ އަރަބިއްޔާއަކީ ފަލަސްޠީނުގައި އިންދާފައިވާ ޔަހޫދީ ޒަޔަނިސްޓުންގެ ދައުލަތް ބަލައިގަންނަ ޤައުމެއް ނޫން ކަމުން ސައޫދީ ސަރުކާރުގެ ރަސްމީ ބަޔާނުގައި އިޒްރޭލުގެ ނަން ގަނެފައެއް ނުވެއެވެ.
ސައުދީން ބުނެފައި ވަނީ ސަރަހައްދުގައި ހާލަތު ގޯސްވުމާއި، ސަރަހައްދުގެ ގައުމުތަކާއި ރައްޔިތުންގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ހަމަނުޖެހުން ފުޅާކުރުމާ ދެކޮޅު ހެދުމުގައި ސައޫދީ ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އަދި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައާއި ނުފޫޒުގަދަ ގައުމުތަކާއި ހަރަކާތްތެރިވާ ގައުމުތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކޮށް، ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
