މާލެ: 31°C

ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނައި ބަޔަކަށް ދައުވާކުރަނީ

ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނައި ބަޔަކަށް ދައުވާކުރަނީ
October 26, 2024
2 ފަހަރު ބަލާފައި
ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނައި ބަޔަކަށް ދައުވާކުރަނީ

މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. މަސްކޮތަންގެ، ސިބްޠް އަބްދުﷲ (19އ) އާއި މާލެ، ހ. ދޮންތުނޑި މުހައްމަދު އަހްސަމް (26އ) އަދި ލ. ގަން، މުކުރިމަގު، އަސްވާނު މުހައްމަދު (28އ) އެވެ. މިދިޔަ މަހުގެ 18 އަދި 19 ވަނަ ދުވަހު ހައްޔަރުކުރި މި މީހުންގެ ތެރެއިން އެކަކު ވަނީ ކުރިން ދޫކޮށްލާފަ އެވެ. އެއީ އަސްވާނު އެވެ. އަނެއް ދެ މީހުން ވާނުވާ ބަންދުގައި ތިބިއިރު ދެ މީހުންގެ މައްޗަށް އަންނަ ހަފްތާގައި ދައުވާ ކުރާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ