
ޑިންގީ ބަންޑުންޖަހާލައި ކަނޑުވި ބަޔަކު ކޯސްޓްގާޑުން ސަލާމަތްކޮށްފި
ޑިންގީ ބަންޑުންޖަހާލައި ކަނޑުވި ބަޔަކު ކޯސްޓްގާޑުން ސަލާމަތްކޮށްފި
ލިޔުން:
3 މީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުންޖަހާލައި ކަނޑުވި ބަޔަކު އެމްއެންޑީއެފް ގެ ކޯސްޓްގާޑުން ސަލާމަތް ކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ 3 މީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީއެއް ބަންޑުންޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:11 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު، ބަންޑުންޖަހާލާފައިވާ ޑިންގީ އާއި 3 މީހުން ހޯދާފާއިވާކަމަށެވެ.
އެކަން ހާމަކޮށް އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޯސްޓްގާޑް ގެ އުލަނދު އެހިސާބަސް ދިޔައިރު ޑިންގީން މަހަށް ނިކުމެ އުޅުނު 3 މީހުންވެސް ތިބީ ބަންޑުންޖަހާލާފައިވާ ޑިންގީގެ މަތީގައެވެ.
ކޯސްޓޓް ގާޑުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމީހުން ފެނިފައިވަނީ ޑިންގީ ބަންޑުންޖަހާލައިގެން އެކަމުގެ ރިޕޯޓް ކުރިތާ 3 ގޑިއިރު ފަހުންނަނެވެ. ނަމަވެސް މިއަދަކީ މާލެ ސަރަހައްދަށް މޫސުން އެހާ ގޯސް ދުވަހަކަށްނުވާތީ ވީޑިޯއިން ފެންނަ ގޮތުން އެމީހުންގެ ހާލު އެހާގޯސް ކަމަކަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
