ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އަޔަނުކުރުމަށް 4 ބޭފުޅަކަށް މަޖިޅިހުން ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އަޔަނުކުރުމަށް 4 ބޭފުޅަކަށް މަޖިޅިހުން ރުހުން ދީފި
ލިޔުން:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ 4 މެންބަރުންގެ މަގާމަށް ކުރިމަތިލި 13 ބޭފުޅުންގެ ތެރެއިން އެ ޓަރައިބިއުނަލް އަށް އައްޔަނުކުރުމަށް 4 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން 4 ބޭފުޅަކަށް ރުހުން ދީފަައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރުމަށް ރުހުންދިނުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި 68 ވޯޓު ލިބިލައްވައިގެން ރުހުންދެއްވާފައިވަނީ ހ. ހޯސްސައިޑް އަބްދުލް ޣަނީ މުޙައްމަދު އާއި ގ. އަލްޝާ އިބްރާހިމް ޝަރީފް އާއި ގ. މާވަރުލު ހަސަން ޒުހައިރު މުޙައްމަދު އާއި އަދި ގއ. ނިލަންދޫ ގަސްދޮށުގެ ޝިފްޒާ އަބްދުލްގައްޔޫމް އަށެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލްގައި ހިމެނިވަޑައިގަންނަވާ 5 މެންބަރުންގެ ތރެއިން 4 މެންބަރުންގެ ޖާގަ ހުސްވެފައިވަނީ މެންބަރުންގެ އެ ޓްރައިބިއުނަލްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި 4 މެންބަރުން އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމަށް ލަފާދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ ލަފައާއިއެއްގޮތަށް މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
