
ބަޖެޓުން އަދި ހަރަދުވީ 37 ބިލިއަން ރުފިޔާ
ބަޖެޓުން އަދި ހަރަދުވީ 37 ބިލިއަން ރުފިޔާ
ލިޔުން:
ރައްޔިތުންނަށް މަންފާއެެއް ނެތް ގޮތުގައި މިއަހަރުގެ ބަޖެޓް ހުސްކޮށްލައިފި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަކަމުގައި ވިއަސް، ފިނޭންސް މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ.
އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ 37.4 ބިލިއަން ރުފިޔާ އެވެ. މި އަހަރު ބަޖެޓުގައި ހަރަދުކުރުމަށް ފާސްކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާ އެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ބައެއް ދާއިރާތަކުގެ ޚަރަދު މަތިވާނެ ކަމަށް ބެލެވޭތީ ސަރުކާރުން މިއަދު 5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާނެއެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް 26.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މުޅި އަހަރު ލިބޭނެ އާމްދަނީ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
