
ފަރަންސޭސި ރައީސަކީ އިޒްރޭލުގެ ދުޝްމަނެއް ކަމަށް ކަނޑައަޅައި ގާނޫނީ ފިޔަވަޅު އަޅަނީ
ފަރަންސޭސި ރައީސަކީ އިޒްރޭލުގެ ދުޝްމަނެއް ކަމަށް ކަނޑައަޅައި ގާނޫނީ ފިޔަވަޅު އަޅަނީ
ލިޔުން:
ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔަހޫދީ އިޒްރޭލުން ދީފިއެވެ.
މި ކަން އިޢުލާނު ކޮށްފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު އިސްރައެލް ކަޓްޒެވެ.
މެކްޚޮނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔަހޫދީން ދީފައި މި ވަނީ, ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބާއްވާ ކަނޑުގެ ސިފައިންނާ ބެހޭ ޓްރޭޑް ޝޯ, ޔޫރޯނޭވަލްގައި ބައިވެރިވުމުގެ ފުރުޞަތު އިސްރާއީލުގެ ކުންފުނިތަކަށް ނުދިނުމަށް އޭނާ ނިންމެވުމުންނެެވެ.
ނޮވެންބަރު މަހުގެ 4ން 7އަށް ބާއްވާ ޔޫރޯނޭވަލް ޓްރޭޑް ޝޯގައި ބައިވެރިވުމުގެ ފުރުޞަތު އިސްރާއީލުގެ ކުންފުނިތަކަށް ނުދިނުމަށް މެކްޚޮން ނިންމަވާފައި މި ވަނީ, އިސްރާއީލާއި ފަރަންސޭސިވިލާތާ ދެމެދު ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި ވަނީ ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 42,000އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 100,000އާ ގާތް ކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
