
5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ހުށައަޅާނެ
5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ހުށައަޅާނެ
ލިޔުން:
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މިއަދު ހެނދުނު 11:00 ޖަހާއިރު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އެކަންޏެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޙަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދަޅުވީ ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަނީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި، ޚަރަދުތައް ފޫބެއްދުމަށްކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
