
އެމެރިކާގެ ދެމަފިރިން 1238.9 ކިލޯގެ ބަރަބޮލެއް ހައްދައިފި
އެމެރިކާގެ ދެމަފިރިން 1238.9 ކިލޯގެ ބަރަބޮލެއް ހައްދައިފި
ލިޔުން:
އެމެރިކާގެ ހުޅަނގު ޕެންސިލްވޭނިއާގައި ބޮޑެތި ބަރަބޯ ހައްދާ ދެމަފިރިން ކަމަށްވާ ޑޭވް އާއި ކެރޮލް ސްޓެލްޓްސް އަށް މި އަހަރުގެ އޮހާޔޯ ވެލީގެ އެއްމެ ބޮޑު ބަރަބޯ ހެއްދި މީހާގެ ލަގަބު (ގްރޯވާ އޮފް ދަ އިޔާ) ގެ ލަގަބު ލިބިއްޖެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ބޭއްވި 29 ވަނަ އަހަރީ އޮހާޔޯ ވެލީ އެއްމެބޮޑު ބަރަބޯ ހެއްދި މީހާގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އެ ދެމަފިރިން ވަނީ 1238.9 ކިލޯގެ ބަރަބޮލެއް ބައިވެރިކޮށްފައެވެ. އެ ބަރަބޮލަކީ ކުރިން އެ ރެކޯޑް ހޯދާފާއިވާ ބަރަބޮލަށްވުރެ 8.1 ކިލޯ ބަރު ބަރަބޮލެކެވެ. އެހެންކަމުން އެ ބަރަބޯ ވަނީ ދިނިޔޭގެ އެއްމެ ބަރުު ބަރަބޯގެ މަގާމުވެސް ހޯދާފައެވެ.
އެ ދެމަފިރިން މި ފަހަރުގެ މުބާރާތުގައި ބައިވެރި 3 ބަރަބޮލުގެ ޖުމްލަ ބަރުދަނަކީ 3505.8 ކިލޯ ހުރިކަމަށް ވެއެވެ.
ލޯރެންސް ކައުންޓީގެ އެނޮން ވެލީގައި ހުންނަ އޭނާގެ ވެލީ އޮފް ޖަޔަންޓްސްގެ ނަމުން ނަން ދީފައިވާ ދަނޑުގައި އެ ބޮޑެތި ބަރަބޯތައް ހައްދަމަކީ އޭނާ ވަރަށްބޮޑަށް ގަޔާވެގެން ކުރާ މަސައްކަތެއްކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
