މާލެ: 31°C

ތުރުކީގެ އޭރޯސްޕޭސް ކުންފުންޏަށް ދިން ޓެރަރިސްޓް ހަމަލާ އާއިގުޅިގެން ތުރުކީން އިރާގާއި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެމަގުން ހަމަލާ ދޭންފަށއިފި

ތުރުކީގެ އޭރޯސްޕޭސް ކުންފުންޏަށް ދިން ޓެރަރިސްޓް ހަމަލާ އާއިގުޅިގެން ތުރުކީން އިރާގާއި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެމަގުން ހަމަލާ ދޭންފަށއިފި
October 24, 2024
2 ފަހަރު ބަލާފައި
ތުރުކީގެ އޭރޯސްޕޭސް ކުންފުންޏަށް ދިން ޓެރަރިސްޓް ހަމަލާ އާއިގުޅިގެން ތުރުކީން އިރާގާއި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެމަގުން ހަމަލާ ދޭންފަށއިފި
ތުރުކީގެ ވެރިރަށުގައި ހުންނަ އޭރޯސްޕޭސް ކުންފުންޏަށް ދިން ޓެރަރިސްޓް ހަމަލާ އާއިގުޅިގެން ތުރުކީން އިރާގާއި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދީފިއެވެ. އަންކާރާގައި ހުންނަ ތުރުކީގެ އެރޯސްޕޭސް ކުންފުންޏަށް ދިން ޓެރަރިސްޓް ހަމަލާގައި 5 މީހުން ވަނީ މަރުވެފައެވެ. ތުރުކީގެ ޑިފެންސް އެންޑް އެރޯސްޕޭސް ކުންފުންޏެއްގެ ހެޑްކުއާޓަރަށް ދިން ޓެރަރިސްޓް ހަމަލާގައި 5 މީހުން ވަނީ މަރުވެފައެވެ. އަދި އަންކާރާގެ ކަހްރާމަންކަޒާންގައި ހުންނަ ޓޫސަސް ފެސިލިޓީތަކަށްވެސް ޓެރަރިސްޓް ހަމަލާތައް ވަނީ ދީފައެވެ. ތުރުކީގެ ޑިފެންސް އެންޑް އެރޯސްޕޭސް ކުންފުންޏެއްގެ ހެޑްކުއާޓަރަށް ދިން ޓެރަރިސްޓް ހަމަލާ ތުރުކީވިލާތުން ވަނީ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭ ގެ ބޮލުގައި އެ ހަމަލާގެ ޒިންމާ އަޅުވައި ސީރިއާ އާއި އިރާގުގައި ހުންނަ އެ ޖަމާއަތުގެ ތަންތަނަށް ހަމަލާތައް ދޭން ފަށައިފަ އެވެ. ތުރުކީގެ ދިފާއީ ވުޒާރާއިން ޕީކޭކޭގެ އަމާޒުތަކަށް ހަމަލާދިންކަން ކަށަވަރުކޮށްދީފައިވާއިރު ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ އިރާގުގެ އުތުރާއި ސޫރިޔާގެ އުތުރުގައި އެގައުމުގެ ޖެޓްތަކުން "ޓެރަރިސްޓް އަމާޒުތަކަށް" ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 32 އަމާޒަކަށް ހަމަލާދީފައިވާ ކަމަށާއި ޕީކޭކޭގެ "ގިނަ" މެމްބަރުން މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ވައިގެ މަގުން ދެމުންގެންދާ ހަމަލާތައް މެދު ނުކެނޑި ކުރިއަށް ދާ ކަމަށް ވެސް ބުނެފައިވެއެވެ. ތުރުކީގެ މަސްއޫލުވެރިން، އަންކާރާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރުދީ ހަނގުރާމަވެރި ޖަމާއަތަށް އިނގިލި ދިއްކުރެއްވި ނަމަވެސް ޕީކޭކޭ އަދި އެހެން އެއްވެސް ޖަމާއަތަކުން ވެސް އަދި އެކަމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ވެރިރަށް އަންކާރާގެ ބޭރުގައި ހުންނަ ތުރުކީގެ ދިފާއީ ކުންފުނީގެ އިމާރާތަކަށް މިއަދު މެންދުރު ހަތިޔާރު އެޅި ބަޔަކު ވަދެ ބޮމެއް ގޮއްވާލައި ބަޑީގެ ހަމަލާތަކެއް ދީފައިވެއެވެ. އަދި އެ ހަމަލާގައި 5 މީހަކުމަރުވެ އިތުރު 22 މީހަކު ވަނީ ޒަހަމް ވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ