ލުބްނާނުގެ ހާލަތު: ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މަހަކު 250 މިލިއަން ޑޮލަރު ބޭނުން

ލުބްނާނުގެ ހާލަތު: ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މަހަކު 250 މިލިއަން ޑޮލަރު ބޭނުން
ލިޔުން:
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަހެއްގެ މައްޗަށް 250 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަން އެ ޤައުމުގެ ތިމާވެއްޓާ ބެހޭ ވަޒީރު ނާޞިރު ޔާސީން ހާމަކުރައްވައިފިއެވެ.
ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތަކެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ދަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް ވަދެ ޤަތުލުޢާންމު ހިންގަމުންނެވެ.
ޔާސީން ވިދާޅުވީ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ލުބްނާންގެ 1.3 މިލިޔަން ރައްޔިތުންނަށް އަމިއްލަ ގެދޮރު ދޫކޮަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި, އެ ޤައުމުގެ މަދަނީ ޖަމުޢިއްޔާތަކާއި ބައިނަލްއަޤުވާމީ އެހީދޭ ޖަމުޢިއްޔާތަކުން ފޯރުކޮށްދެމުންދާ އެހީން އޭގެ ތެރެއިން %20 މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެމުން ނުދާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާއިރު, ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ތިމާގެ މީހުންނާ އެކުގައެވެ. އަދި, އެ ފަދަ ގޮތެއް ނެތް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކުގައި ދިރިއުޅެމުންދާ ކަން އދން ވެސް މީގެ ކުރިން ހާމަކޮށްފައިވެއެވެ.
ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށް ބޮންއެޅުން އިތުރުކޮށް, އެއްގަމު މަގުން އަރައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަމުންދާއިރު, ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދާއި, އެ މީހުންގެ ބޭނުންތައް ބޮޑުވެގެންދާނެ ކަމުގައި ޔާސީން ވިދާޅުވިއެވެ. އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކޮށްފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭން ލުބްނާން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި, ސާފު ބޯފެނާއި, ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ”އަޅުގަނޑުމެންނަށް މަހެއްގެ މައްޗަށް 250 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ“ ކަމުގައި އޭނާ ވިދާޅުވިއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް މަދަރުސާތަކާއި, ނައަމްސޫފި ގެންގުޅޭ އިމާރާތްތަކާއި, މޭވާއާއި ތަރުކާރީ ވިއްކާ ބާޒާރުތައް ބޭނުން ކުރަން މަޖުބޫރުވެފައިވާ ކަމުގައި ޔާސީން ވިދާޅުވިއެވެ. ”ބޭނުން ކުރެވެން ހުރި ހުރިހާ އިމާރާތެއް އަޅުގަނޑުމެން މި ދަނީ ވަގުތީ ހިޔާތަކަށް ބަދަލު ކުރަމުން. ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ،“ އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ކުރިއަށް އޮތް ހަތަރެއް ނުވަތަ ހަ މަސް ދުވަހު ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމާއި ލުބްނާންގެ ރެޑް ކްރޮސާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޔާސީން ވިދާޅުވިއެވެ. ”ޢުދުވާންތައް މިއަދުން ފެށިގެން މެދުކަނޑައިލަން ޖެހޭ, އަދި އެންމެ ދުވަހަކަށް ނަމަވެސް, ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެންމެން މި ހިނގާ ކަންކަމުގެ [ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުން ހާލަތާ މެދު] ވާހަކަ ދައްކަން އަޅުގަނޑު ގޮވައިލަން،“ އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
