މާލެ: 31°C

އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާއާ ގުޅެން މަޖިލީހުން ރުހުންދީފި

އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާއާ ގުޅެން މަޖިލީހުން ރުހުންދީފި
October 23, 2024
2 ފަހަރު ބަލާފައި
އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާއާ ގުޅެން މަޖިލީހުން ރުހުންދީފި
އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ, އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ. އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ، އައިއޭއީގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހުއެވެ. އައިއޭއީގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވެއްވީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯދުމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއަރ މެޑިސިންގެ އެކި ފަރުވާތައް ބޭނުން ކުރާއިރު އެކަމާއި ގުޅޭ ބައިނަލްއަޤްވާމީ އިދާރާއަކީ އައިއޭއީއޭއެވެ. އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ނިންމާފައިވާއިރު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިފާޢީ ވުޒާރާއިންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަސައްކަތަކީ ދިގު މުއްދަތެއްގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިންޓަރނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ، އައިއޭއީއޭ އަކީ 29 ޖުލައި 1957 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ. މިއީ ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރިޔަ ނުދިނުމަށާއި، އޭގެ ފައިދާ ރަނގަޅުގޮތުގައި ބޭރުކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގައި މިހާރުވެސް 178 މެންބަރު ޤައުމު ހިމެނެއެވެ. ސަރަހައްދީ ޤައުމުތަކުގެ ތެރެއިން މި ޖަމުއިއްޔާގައި ބައިވެރިނުވަނީ ހަމައެކަނި ރާއްޖެއާއި ބޫޓާންއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރެވޭނީ މަޖިލީހަށް އެކަން ހުށަހަޅައި މަޖިލީހުން ފާސްކުރުމުންނެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ