މާލެ: 31°C

ރިސޯޓު ހަދަން ދޫކުރި 58 ރަށެއް ތަރައްގީ ނުކުރެވި ދިގުލައިދާތީ ގާނޫނީ ހައްލެއް ގެނެވޭނެ ގޮތެއް ބަލަނީ

ރިސޯޓު ހަދަން ދޫކުރި 58 ރަށެއް ތަރައްގީ ނުކުރެވި ދިގުލައިދާތީ ގާނޫނީ ހައްލެއް ގެނެވޭނެ ގޮތެއް ބަލަނީ
October 23, 2024
2 ފަހަރު ބަލާފައި
ރިސޯޓު ހަދަން ދޫކުރި 58 ރަށެއް ތަރައްގީ ނުކުރެވި ދިގުލައިދާތީ ގާނޫނީ ހައްލެއް ގެނެވޭނެ ގޮތެއް ބަލަނީ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ނުހެދި ގިނަ ދުވަސްވެފައިވާ ރަށްރަށާ މެދު ޢަމަލުކުރާނެ ގޮތެއް ހޯދުމަށް ފަތުރުވެރިކަމާއި ބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމަށް ދޫކޮށް އަދިވެސް ނުހުޅުވި 20 އަހަރު ނުވަތަ 30 އަހަރުވެފައިވާ ރަށްރަށް ހުރިކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ އެކި ސަބަބުތަކާ ހެދި، ފަތުރުވެރިކަމަށް ނުނެރެވި ހުރި ރަށްތަކުގެ ޢަދަދު 58 އަރާކަމަށެވެ. ވަޒީރު ވިދާޅުވީ މިރަށްރަށާ މެދު އަމަލުކުރާނެގޮތަކާއި، އަޅާނެ ފިޔަވަޅުތަކާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި ގޮތްތަކެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި ބެހޭ ޤާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބު ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ