
އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފި
އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފި
ލިޔުން:
އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.
އެކަން ހާމަކޮށް ފުލުހުން ކޮސްފައިވާ އިޢުލާނުގައި ބުނެފައިވަނޯ ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެ އިޢުލާނުގައި ހާޒިރުވުމަށް އެދިފައިފައިވަނީ މ.މުލައް ގަނދަކޯޅިމާގެ 25 އަހަރުގެ އަޙްމަދު ރާއިފް އާއި ކ.މާލެ ގ.ރަންނާޅިގެ 28 އަހަރުގެ އިސްމާއިލް ޝައިމަން އެވެ. އެ 2 މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އެ އިޢުލާނުގައި ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
