މާލެ: 31°C

ދަރަނި މެނޭޖުކުރުމަށް އެމެރިކާގެ ސެންޓަވިއު ޕާޓްނާސް އާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމުން ރައީސް ނަޝީދުގެ ތައުރީފް ޑރ.މުއިއްޒު އަށް

ދަރަނި މެނޭޖުކުރުމަށް އެމެރިކާގެ ސެންޓަވިއު ޕާޓްނާސް އާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމުން ރައީސް ނަޝީދުގެ ތައުރީފް ޑރ.މުއިއްޒު އަށް
October 23, 2024
2 ފަހަރު ބަލާފައި
ދަރަނި މެނޭޖުކުރުމަށް އެމެރިކާގެ ސެންޓަވިއު ޕާޓްނާސް އާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމުން ރައީސް ނަޝީދުގެ ތައުރީފް ޑރ.މުއިއްޒު އަށް
ރާއްޖޭގެ ދަރަނީގެ މައްސަލަތައް ހަމަޖެއްސުމަށް ލަފާ އާއި އިރުޝާދު ހޯދުމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް އާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފަނޫ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ހަރަދުގައި ކަނޑައެޅި ޑެބިޓް އެޑްވައިޒަރ އެއްބަސްވުން އުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށާއި، އެފަދަ ޑެބިޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުންދަނީ އިންތިހާއަށް ނާޖާއިޒް ފައިދާ ކަމަށެވެ.
ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާދިނުމަށް ބޮޑު ޚަރަދުގައި ކަނޑައެޅި ޑެބިޓް އެޑްވައިޒަރ ގެ އެއްބަސްވުން ވާތިލް ކުރެވިކަމީ ރައީސް ޑރ.މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް. މިފަދަ ޑެބިޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުންދަނީ ިންތިހާއަށް ނާޖާއިޒް ފައިދާ
އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް އާއި ދިވެހި ސަރުކާރާއެކު އެއްބަސްވުމެއް ވެފައިވާކަމަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓްކޮށްފައިވަނީ މަސްހޫރު ހަބަރު ފަތުރާ އޭޖެންސީ ރޮއިޓާސް އިންނެވެ. ރޮއިޓާސް ގައި އެ ޙަބަރު ގެނެސްދީފައިވަނީ 2 މަސްދަރަކާ ޙަވާލާދީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ