
އެއް ބިލިއަން ރުފިޔާ ހޯދައިފި
އެއް ބިލިއަން ރުފިޔާ ހޯދައިފި
ލިޔުން:
އެކި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން ފާއިތުވި ހަތަރުމަސް ތެރޭ ބިލިއަނެއްހާ ރުފިޔާ ހޯދުނުކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކުގެ ފަރާތުން މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިހުސާން ވިދާޅުވީ ޖޫން 3 ގެ ނިޔަލަށް ވިސާ ފީ، ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީ އާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި ހުރިކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށާއި މިހާރު ނުލިބި ހުރީ 703،799،250 ރުފިޔާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފައިވާނެ ކަމަށާއި އެ މީހުންނަށް އަލުން އެ ހިދުމަތް ދޭން ފަށާނީ ފައިސާ ދެއްކުމުން ކަމަށެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ގަވާއިދުން ފީ ނުދައްކާ ކަން ދާހިލީ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
