މާލެ: 31°C

328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
October 22, 2024
2 ފަހަރު ބަލާފައި
328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މިދިޔަ 11 މަސް ދުވަަސް ތެރޭގައި 328 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ނޮވެންބަރު 17 އިން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި 8300 ބަނގުރާ ފުޅިއާއި ދަޅު އަތުލައިގެންފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން 335 މައްސަލަ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މާލެއާއި އަތޮޅުތެރޭގާއި 155 އޮޕަރޭޝަނެއް ހިންގިފައިވާއިރު 12000 އަށްވުރެ ގިނަ ތަން ބަލާފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ސީޕީ ވިދާޅުވީ އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 900 އަށް ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ 145 ބިދޭސީއަކު އިމިގްރޭޝަނަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ ޕްރެސްގައި ވާހަކަދައްކަވަމުން ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ މާހައުލުގައި މިކަން އޮތް މިންވަރާއި މިހާރު މަސްތުވާތަކެތި ހިފެހެއްޓެމުންދާވަރު އެނގޭ ކަމަށެވެ. އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި 5  އަހަރުގރ ދައުރުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާނެ ކަމަށެެވެ. އެ މަސައްކަތް ކުރަމުންދާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ކަމަށް ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އެ އިސްލާހުތައް މަޖިލީހުގެ މި ދައުރުގައި ގާނޫނަކަށް ބަދަލުވެގެންދާނެ ވަރަށް އޭޖީ އޮފީހުން މަސައްކަތް ކުރައްވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ