މާލެ: 31°C

އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ ބޭއަދަބީ ފޮޓޯ ހެދުން އިތުރުވަމުންދާކަމަށް، އިންޓަނެޓް ވޮޗް ފައުންޑޭޝަނުން ބުނެފި

އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ ބޭއަދަބީ ފޮޓޯ ހެދުން އިތުރުވަމުންދާކަމަށް، އިންޓަނެޓް ވޮޗް ފައުންޑޭޝަނުން ބުނެފި
October 23, 2024
2 ފަހަރު ބަލާފައި
އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ ބޭއަދަބީ ފޮޓޯ ހެދުން އިތުރުވަމުންދާކަމަށް، އިންޓަނެޓް ވޮޗް ފައުންޑޭޝަނުން ބުނެފި
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުޑަކުދިންގެ ބޭއަދަބީ ފޮޓޯ އުފައްދާ އަދަދު އިންތިހާއަށް އިތުރުވެފައިވާކަމަށް އިންޓަނެޓް ވޮޗް ފައުންޑޭޝަނުން ބުނެފިއެވެ. އެ ފައުންޑޭޝަނުން ބުނެފައިވަނީ އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ ބޭއަދަބީ ސާފު ފޮޓޯ ތައް ހެދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އިންޓަނެޓް ވޮޗް ފައުންޑޭޝަންގެ އެނަލިސްޓުން ފުލުހުންނާއި ޓެކްނޮލޮޖީ ޕްރޮވައިޑަރުންނާ ގުޅިގެން އޮންލައިންކޮށް ފެންނަ ފޮޓޯތައް ޓްރޭސް ކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ގޮތުން ކޮންމެ އަހަރަކު ވެސް އިންޓަނެޓްގައި ހުންނަ ކުޑަކުދިންގެ ބޭއަދަބީ އެތައްހާސް ފޮޓޯއެއް ނައްތާލަމުންގެންދާ ކަމަށާއި، ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އެ މަސައްކަތް އިތުރަށް ބުރަވަމުން އަންނަ ކަމަށެވެ. އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިއުއެފް) ގެ ސީނިއާ އެނަލިސްޓެއް ކަމަށްވާ ޖެފް އާއި އޭނާގެ ޓީމުން ވަނީ އޭގެ ކުރީ އަހަރަށް ވުރެ އޭއައި އިން އުފައްދާ ކުޑަކުދިންނަށް ކުރާ އަނިޔާގެ ފޮޓޯތައް ގިނަވެ، އޭއައި ކޮންޓެންޓްގެ މިންވަރު ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޖެފް ބުނެފައިވަނީ އޭއައި ބޭނުންކޮށްގެން އުފައްދާ ފެންވަރު ރަނގަޅު ފޮޓޯއެއްގެ ހަގީގަތް ބެލުމަކީ ތަމްރީނު ލިބިފައިވާ އެނަލިސްޓަކަށްވެސް އުނދަގޫ ކަމަކަށް ވާނެއެވެ. އައިޑަބްލިއުއެފް އިން ބުނީ އޭއައި ފޮޓޯތައް އެހާ ރިއަލިސްޓިކް ވަނީ އެ ސޮފްޓްވެއާއަކީ ބަރަހަނާ ފޮޓޯތަކަށްވެސް ހާއްސަ ފިޗާތަކާއެކު އުފައްދާފައިވާ ސޮފްޓްވެއާއެއް ކަމަށްވާތީ ކަމަށެވެ. އެކަމާގުވައި އައިޑަބްލިއުއެފްގެ އިންތިގާލީ ޗީފް އެގްޒެކެޓިވް ޑެރެކް ރޭ-ހިލް ވިދާޅުވި އޭގެ ސަބަބުން އާއްމުންވަނީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި، އޭއައި އިން އުފައްދާ ކުޑަކުދިންގެ ބޭއަދަބީ ފޮޓޯތަކުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެ ފޮޓޯތައް ބަލާ މީހުންނަށް އެކަނި ނޫން ކަމަށާއި އެފަދަ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ބްލެކް މެއިލް ކުރުންވެސް ވަރަށްބޮޑަށް މިހާރު އިތުރުވެފައިވާ ކަމަށެވެ. އައިޑަބްލިއުއެފުން އިންޒާރު ދެމުން ބުނެފައިވަނީ އެގޮތަށް އޭއައި ބޭނުންކޮށްގެން އުފައްދާ ގާތްގަނޑަކަށް ހުރިހާ ކޮންޓެންޓެއް ވެސް ޑާކް ވެބްގައި ފޮރުވާފައި ހުންނަ ކަމަށާއި އަދި  އާންމުކޮށް އިންޓަނެޓްގައި ފެންނަގޮތައް ބޭނުންކުރަމުންގެންދާ ކަމަށެވެ. އޭއައި ފޮޓޯތަކަށް ޑިޖިޓަލް ފިންގަޕްރިންޓް ފަދަ ޔުނިކް ކޯޑެއް ވެސް ދީފައިވާއިރު، އެ ފޮޓޯތައް ޑިލީޓްކޮށް އަލުން އެހެން ތަނަކަށް އަޕްލޯޑް ކުރި ނަމަވެސް އޮޓެމެޓިކުން ޓްރޭސް ކުރެވޭނެ އެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އައިޑަބްލިއުއެފް އަށް ފެނުނު އޭއައި ޖެނެރޭޓެޑް ކޮންޓެންޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކޮންޓެންޓް ރަޝިއާ އާއި އެމެރިކާގެ ސާވާތަކުގައި ހޯސްޓްކޮށްފައިވާއިރު، ޖަޕާނާއި ނެދަލޭންޑްސްއިން ވެސް ގިނަ އަދަދެއްގެ ކޮންޓެންޓް ފެނިފައިވެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ