ހަކުރު އެކުލެވޭ ބާވަތްތަކުން ޑިއުޓީ ނެގުމަށް މަޖިލީހުގެ ނާއިބް ރައީސް ގޮވާލައްވައިފި

ހަކުރު އެކުލެވޭ ބާވަތްތަކުން ޑިއުޓީ ނެގުމަށް މަޖިލީހުގެ ނާއިބް ރައީސް ގޮވާލައްވައިފި
ލިޔުން:
ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސްނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ ހަކުރު ހިމެނޭ ބާވަތްތަކުން ޓެކްސް ނެގުމަކީ ބޭރު ގައުމުތަކުގައި ކުރާ ކަމެއް ކަމަށާއި މިދިޔަ ހަފްތާގައި މެލޭޝިއާގައި ތައާރަފްކުރެވުނު ބަޖެޓުގައިވެސް ހަކުރު ހިމެނޭ ބާވަތްތަކުން ޓެކްސް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައިވެސް ހަކުރު ހިމެނޭ ބާވަތްތަކުން ޓެކްސް ނަގާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިމްޕޯޓްް އެކްސްޕޯޓް ގާނޫނުގެ އިސްލާހުގެ ބަހުސްގައި ނާޒިމް ވިދާޅުވީ ވޭޕް މަނާކުރާ ހިސާބަށް ދިޔައީ ދުންފަތް ކޮންޓްރޯލް ކުރާ ގާނޫނު ވުޖޫދުގައި އޮވެ, އެ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރީގެ ސަރުކާރުތަކުން ފަސްޖެހިފައިވާތީ ކަމަށެވެ.
ނާޒިމް ވިދާޅުވީ 2010 ވަނަ އަހަރު އެ ގާނޫނު ފާސްކުރެވުނުއިރު ވޭޕަކީ ރާއްޖޭގައި އާއްމު އެއްޗެއް ނޫން ކަމަށެވެ. ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ވޭޕްގެ މައްސަލަ އިތުރުވެފައިވާ ކަމަށެވެ.
2021 ވަނަ އަހަރު ރާއްޖެއަށް މިވަނީ 250,000 ވޭޕިން ޑިވައިޒް އެތެރެކޮށްފައިވެއެވެ. މިދިޔަ އަހަރު 394,000 ޑިވައިޒް އެތެރެކުރިއެވެ. އަދި މި އަހަރު 253,000 ވޭޕިން ޑިވައިޒް އެތެރެކޮށްފައިވެއެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މިކަންތައް އަށަގަންފައި އޮތް މިންވަރު މިވަނީ އެނގެން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވޭޕް ރާއްޖޭގައި ފުޅާވެގެން, ފެތުރިގެން ދިޔައީ ޓެކްސްއަށް މަކަރު ހަދާ ހެޔޮ އަގުގައި ވޭޕް ލިބޭނެ ގޮތް މަގުފަަހިވެގެން ދިޔުމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
