
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ
ލިޔުން:
ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލިގެންދާތީ، ކަސްޓަމްސްއިން ގެންގުޅޭ ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން (ފޮޓޯ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ޑިއުޓީގެ ގޮތުގައި ޑިއުޓީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ނަގާއިރު އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ މައާފުކުރާ ކަމަށެވެ.
"ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަން މި ތަފާސްހިސާބުން އެނގިގެން ގޮސްފި،" މިނިސްޓަރު ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ އެކަން ކުރާނީ ދައުލަތަށް ފައިދާވާނެ އަދި ވިޔަފާރިތަކަށް ބުރަނުވާނެހެންނެވެ.
ރާއްޖެއަށް އިމްޕޯޓުކުރާ ބައެއް މުދަލުން ކަސްޓަމްސް އިން ޑިއުޓީ މައާފްކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވާތީ އެ އުސޫލު މުރާޖައާކުރަންޖެހޭ ކަމަށް ގައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީން 50 ޕަސަންޓް އިސްތިސްނާވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
