
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ކަނޑާލަން ގާނޫނުގައި ހިމެނުމަށް މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައިފި
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ކަނޑާލަން ގާނޫނުގައި ހިމެނުމަށް މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައިފި
ލިޔުން:
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުލިބޭ ގޮތައް ގާނޫނުގައި ހިމެނުމަށް މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައިފިއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށްޓަކައި މަޖިލީހަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރ މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ވަގުތުގައި މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެ އިސްލާހަކީ ސަރުކާރަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށާއި، ގައުމު ތަކުގެ ވެރިންގެ ހައިސިއްޔަތުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ވެރިންނަށް ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެގޮތުން ދުންފަތުގެ ނުރައްކަލުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.
އަދި ރާއްޖޭގެ އާބާދީގެ 37 އިންސައްތަ އަކީ ޒުވާނުންނަށް ވާއިރު އޭގެ ތެރެއިން ގިނަ ކުދިން މިހާރު ދުންފަތާ ވޭޕް ބޭނުންކުރަން ފަށާފައިވާކަމަށާއި އެ އިސްލާހަކީ ޒުވާނުން އަނބުރާ މުޖުމައުއަށް ހެޔޮ ބައެއްގެ ގޮތުގައި ގެނައުމަށް ރައީސް އިސްނަގައިގެން ހުށަހަޅާފައިމިވާ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއްކަމަށެވެ. އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކޮށްގެން ބޮޑެތިބަލިތައް ޖެހޭ މީހުންނަށް އާސަންދަ ކަނޑާލުމަށް އެ ގާނޫނުގައި ހިމެނުމަށްވެސް މެންބަރު މުޙައްމަދު އިސްމާއިލް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
