މާލެ: 31°C

މީހަކު މަރާލިކަމަށް ތަހުގީގުގައި އިއުތިރާފު އެކަމަކު ޝަރީއަތުގައި އިންކާރު

މީހަކު މަރާލިކަމަށް ތަހުގީގުގައި އިއުތިރާފު އެކަމަކު ޝަރީއަތުގައި އިންކާރު
October 22, 2024
2 ފަހަރު ބަލާފައި
މީހަކު މަރާލިކަމަށް ތަހުގީގުގައި އިއުތިރާފު އެކަމަކު ޝަރީއަތުގައި އިންކާރު

މީހަކު މަރާލިކަމަށް ތަހުގީގުގައި އެއްބަސްވުމަށް ފަހު، ދައުވާ ލިބޭ މީހާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ކޯޓުގައި އިންކާރުކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން ޝިއާއު މުހައްމަދު ސައީދު އަނިޔާވެރިގޮތަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީ، މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. މީގެ ތެރޭގައި މަރުގެ ދައުވާގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާވެސް ހިމެނެއެވެ. އޭނާ ޝަރީއަތުގައި އެދުނީ އެ ބަޔާންތައް ބަލައިނުގަތުމަށެވެ.

އެހެންނަމަވެސް އޭނާގެ ފަރާތުން ދިފާއީ ހެކި ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށައެޅި ހެކިންގެ ތެރެެއިން ބައެއް ހެކިންގެ ހެކިބަސް ސިއްރުން ކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ