މާލެ: 31°C

"ޝަހީދުކޮށްފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި"

"ޝަހީދުކޮށްފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި"
October 22, 2024
2 ފަހަރު ބަލާފައި
"ޝަހީދުކޮށްފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި"
ޣައްޒާގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕުތަކާއި ހަސްފަތާލުތައް ވަށައިލުމަށް ފަހު ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާކޮށް, އެ ސަރަޙައްދަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅަމުންދާ ކަން އދން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, އެ ސަރަޙައްދުގައި އޮންނަ ތިން ހަސްފަތާލެއް ވަށައިލައި, އެ ތަންތަނުގައި ތާށިކޮށްލާފައިވާ މީހުންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންނެވެ. ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ޖަބާލިޔާގައި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ ގެއަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, ފަސް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާތީ, ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން ބުނީ, އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭސްފަރުވާ ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. "ޙަމަލާތަކުން ސަލާމަތްވާން އުޅޭ މީހުންނަށް ޙަމަލާދީ, [ޔަހޫދީ ފައުޖުން] ދަނީ އެ މީހުން ޝަހީދު ކުރަމުން, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި،" އުންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ