97 ވަނަ އޮސްކާ އެވޯޑަށް އިންޑިއާ އިން ރަސްމީކޮށް ހުށަހަޅާ ފިލްމަކީ "ލާޕަތާ ލޭޑީސް"

97 ވަނަ އޮސްކާ އެވޯޑަށް އިންޑިއާ އިން ރަސްމީކޮށް ހުށަހަޅާ ފިލްމަކީ "ލާޕަތާ ލޭޑީސް"
ލިޔުން:
އޮސްކާ 2025 އަށް އިންޑިއާ އިން ރަސްމީކޮށް ހުށަހަޅާ ފިލްމަކީ "ލާޕަތާ ލޭޑީސް" ކަމަށް ނިންމައިފިއެވެ.
97 ވަނަ އޮސްކާ އެވޯޑް ހަފްލާގެ އެއްމެ މޮޅު ބިދޭސީ ފިލްމުގެ ކެޓަގަރީއަށް އިންޑިއާއި ހުށަހަޅާ ފިލްމަކީ "ލާޕަތާ ލޭޑީސް" ކަމަށް ޗެންނާއީގައި ހުންނަ ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން ވަނީ ނިންމާފައެވެ.
"ލަޕަތާ ލޭޑީސް" އަކީ އަލަށް ކައިވެނިކުރި ދެމަފިރިންގެ 2 ޖޯޑު އެމީހުންގެ އަވަށަށް ދަތުރުކުރ ރޭލުގައި ކައިވެނި ކުރި އަންހެންމީހާ އޮޅުމަކުން ބަދަލުވެ ފިރިމީހާގެ އާއިލާ ގާތަށް ދެވުމުން ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އާމިރު ޚާން ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު އިންޑިއާގެ އޮސްކާ އެންޓްރީއަށް ހޮވިފައިވަނީ 29 ފިލްމުގެ ތެރެއިންނެވެ. ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ އިން "ލާޕަތާ ލޭޑީސް" ނޮމިނެޓް ކުރި އިއުލާނަށް ގިނަ ބަޔަކު ތައުރީފު ކުރިއިރު، ބައެއް މީހުން ވަނީ ޕަޔަލް ކަޕާޑިއާ ޑައިރެކްޓްކޮށްފައިވާ "އޯލް ވީ އިމޭޖިން އޭސް ލައިޓް" އަށް ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ އިން އިހުމާލުވެފައިވާކަމަށް ބުނެފައެވެ.
ރާއޯ ގެ ޕޯސްޓުގައި އޭނާގެ ޓީމަށް ޝުކުރު އަދާކޮށް ބުނެފައި ވަނީ އިންޑިއާގައި އޮތް ފަދައިން މި ފިލްމަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންގެ މެދުގައި ގުގުމާލާނެ ފިލްމެއް ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފިލްމީ ތަރި ޖަހްނޫ ބަރޫއާ އިސްކޮށް ހުންނަވާ 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޫރީގެ ޓީމުން އޮސްކާ އަށް ފޮނުވުމަށް އިވެލުއޭޓް ކުރި ފިލްމު ތަކުގެ ތެރޭގައި "ކަލްކީ 2898 އޭޑީ" "އެނިމަލް" "ޗަންދޫ ޗެމްޕިއަން" "ސާމް ބަހާދުރު" "އައްޓަމް" "އާދުޖީވިތަމް" ""މައިދާން" "ޖޯރަމް" އަދި "ކޮއްޓުކާލި" ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
