މާލެ: 31°C

ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވާލަން ނިންމައިފި

ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވާލަން ނިންމައިފި
October 21, 2024
2 ފަހަރު ބަލާފައި
ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވާލަން ނިންމައިފި
ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވާލަން ނިންމާފައިވާ ކަމަށް އެންޑީއޭގެ ޗެއާމަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ލުބްނާ ވިދާޅުވީ ސަރުކާރުން އެންޑީއޭއާއި ޙަވާލުވިއިރު އެ ތަނުގެ ހާލަތު ހުރީ ވަރަށް ނާޒުކު ހިސާބެއްގައި ކަމަށާއި އޮގޮތުން އެތަނުގައި މަސައްކަތްކުރާނެ ސައިކެޓްރިސްޓެއް ވެސް ނެތް ކަމަށާއި، ނަމަވެސް މިހާރު ކުރެވިފައިވާ މަސައްކަތުން އިތުރު މުވައްޒަފުންނާއި 2 ސައިކެޓްރިސްޓުން ހޯދިފައިވާކަމަށެވެ. އަދި އިތުރަށް އެތަނުގައި މަސައްކަތްކުރާނެ ގާބިލް ތަމްރީނު ލިބިފައިވާ މީހުން ބޭނުންވާކަމަށާއި، އެހެންކަމުން އެތަނުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަން މިހާރު ރާވާފައިވާކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި އެ ފުރުސަތުގައި ބައިވެރިވުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އިންޓާންޝިޕް ގައި ބައިވެރިވެވޭނީ  އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ކުދިންނަށް ކަމަށާއި، ސައިކޮލިޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ކުދިންނާއި އަދި މިހާރުވެސް އެދާއިރާއިން މަތީތައުލީމު ހާސިލްކުރަމުންގެންދާ ކުދިންނަށް  އެ ޕްރޮގްރާމުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ލުބުނާ ވިދާޅުވިއެވެ. އިތުރަށް ލުބުނާ ފާހަގަކުރެއްވިގޮތުގައި ލީގަލް އެސިސްޓަންޓުންނާއި ކައުންސިލަރުންގެ އެސިސްޓަންޓުން ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އިންޓާންޝިޕް ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ