
ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައި ގަތް 81،130 އެމެރިކާ ޑޮލަރު ކަސްޓަމްސްއަށް ނެގުމަށް ހުކުމެއް
ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައި ގަތް 81،130 އެމެރިކާ ޑޮލަރު ކަސްޓަމްސްއަށް ނެގުމަށް ހުކުމެއް
ލިޔުން:
ކޮންފްލެކްސްގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނިކޮށް އަތުލައިގަތް 81,130 އެމެރިކާ ޑޮލަރު ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައަކީ އޮގަސްޓު މަހު 25 ވަނަ ދުވަހުގެ މެންދުރުފަހު 1:53 ހާއިރު ޔޫއެސް ބަންގްލާ ފްލައިޓުން ބަންގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ޝަހްމިންގެ ލަގެޖް ޗެކްކުރިއިރު ގިނަ އަދަދެއްގެ ޑޮލަރު ހުރި ކޮންފްލެކްސް ޕެކެޓު ފެނިފައިވާ މައްސަލައެވެ.
އެ މައްސަލާގައި ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ ބަންގްލަދޭޝް ޝަހްމިން އިސްލާމް ޝަގުރްގެ މައްޗަށް އުފުލި އެވެ.
ޝަހްމިން, ކުށަށް އިއުތިރާފްވެ، ވީހާވެސް އަވަހަށް ރާއްޖެއިން ޑީޕޯޓްކޮށް ދިނުމަށް އެދުނެވެ.
ޕީޖީއާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގައި ޝަހްމިންވަނީ އޭނާގެ އަތުން ފެނުނު 81,130 ޑޮލަރު ދައުލަތަށް ނަގަން އެއްބަސްވެފައެވެ. އަދި އިއުތިރާފްގެ އެއްބަސްވުމަށް ބަލާއިރު އޭނާގެ އަދަބަކީ 12,000ރގެ ޖޫރިމަނާއެކެވެ.
އެ މައްސަލާގައި ޝަހްމިންގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4500 ޑޮލަރާއި 350 ޔޫރޯ ހިފަހައްޓާފައިވާތީ 12,000ރ ދެއްކޭނީ އެ ފައިސާ ލިބުމުން ކަމަށް އޭނާ ބުނެފައިވާތީ ހުކުމް ކުރާތާ 5 ދުވަހުގެ ތެރޭގައި އެ ފައިސާ ޝަހްމިންއާ ހަވާލުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
